ކުޅިވަރުގެ ދާއިރާ އިން އިންސާނީ ވަޞީލަތްތައް ތަރައްގީ ކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ކުރާ މަސައްކަތުގެ ތެރެއިން މި އަހަރު ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ބާސްކެޓްބޯލް ޖުނިޔާ ރެފްރީން ތައްޔާރުކުރުމަށް ޓަކައި ހިންގިކޯސްނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

މިކޯހަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ބާސްކެޓްބޯލް އެސޯސިއޭޝަން އާ ގުޅިގެން ހުސްވި މަހުގެ އޭޕްރިލް 4 ން 11 ށް ހިންގުނު ކޯހެކެވެ.

މިކޯސް އަމާޒުކުރެވިފައި ވަނީ ސްކޫލް ކުދިން، ބާސްކެޓްބޯޅައަށް ޝައުޤުވެރިކަން ހުންނަ ޒުވާނުން އަދި ތަފާތު އެކި އޮފީސްތަކާއި ކުންފުނި ފަދަ ތަންތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކަށެވެ.

މިކޯސް ފުރިހަމަ ކުރުމުން ޖޫނިޔާ ލެވަލް ފެންވަރުގެ ނެޝަނަލް ލައިސަންސް ލިބި، ނެޝަނަލް ފީބާ ލައިސަންސްގެ ޓެސްޓްގައި އިށީނުމުގެ ފުރުޞަތުލިބި އަދި އިންޓަރނޭޝަނަލް ފީބާ ރެފްރީއަކަށް ވުމަށް މަގުފަހިވެގެން ދާނެ އެވެ.

އަދި މީގެ އިތުރުން ޖޫނިޔާ މުބާރާތްތަކާއި ސީނިޔާ މުބާރާތްތަކުގެ ރެފްރީކަން ކުރުމަށް ފުރުޞަތު ލިބިގެންދާނެ އެވެ.
މިކޯހުގައި ޖުމްލަ 8 ފަރާތަކުން ބައިވެރިވެ، 7 ބައިވެރިއަކު ފާސްވެ ސެޓްފިކެޓް ހާޞިލްކޮށްފައިވެ އެވެ.