ރެއިންބޯއިން ރޯދަ މަހަށް ހާއްސަކޮށްގެން ކޮންމެ ހަފްތާއަކު ވެސް އަގު ބޮޑު އިނާމެއް ލިބޭ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

ރެއިންބޯގެ ސޭލްސް އެންޑް މާކެޓިން މެނޭޖާ އަބްދުﷲ އަސްލަމް ވިދާޅުވީ "ރެއިންބޯ ރަމަޒާން ޕްރޮމޯޝަން 2013" ގެ ނަމުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ސޭލްއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގު ބޮޑެތި އިނާމްތައް ދިނުމަށް ހަމަޖެހިފައިވާއިރު، އެ ސޭލްގެ ތެރޭގައި ރެއިންބޯގެ ފިހާރަތަކުން ވިއްކާ މުދަލަށް ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕްރޮމޯޝަން ކުރިއަށްގެންދަނީ ރެއިންބޯ ޝޮޕް އާއި ރެއިންބޯ ލިވިން މޯލާއި ރެއިންބޯ ބިލްޑްވެއާ އާއި އިތުރުން ރެއިންބޯ އޮފީސް ފިހާރާގައި ކަމަށެވެ. އަދި އެ ޕްރޮމޯޝަންގައި ކުރައްވާ ކޮންމެ 500ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު ނަގާ ގުރުއަތަކުން ހޮވޭ ފަރާތަކަށް އަގު ބޮޑު އިނާމްތަކެއް ލިބިގެންދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަށް ހަފްތާއަށް ކުރިއަށްދާ އެ ޕްރޮމޯޝަންގައި ކޮންމެ ހަފްތާއެއްގައި ދޭ އިނާމްތަކުގެ ތެރޭގައި ލެޕްޓޮޕަކާއި އެއާކޮންޑިޝަންއަކާއި 32 އިންޗީގެ ލެޑް ޓީވީ އެއްގެ އިތުރުން އައިޕެޑްއަކާއި ދޮންނަމެޝިނެއްގެ އިތުރުން އައިފޯން އަކާއި ގެލެކްސީ ނޯޓް އެއް ހިމެނެ އެވެ.