އައްޑު އަތޮޅު ޝަންގްރިއްލާ، ވިލިނގިއްޔަށް  18 މީހުންނާ އެކު ސ. މަރަދޫ ފޭދޫން ދަތުރު ކުރި "ކާމިޔާބު" ނަމަކަށް ކިޔާ ދޯންޏެއް ރޭ އަޑި އަށް ގޮސްފި އެވެ. ވިލިނގިލި ރިސޯޓަށް އެ ދޯނި ދަތުރުކުރީ 300 ބަސްތާ ހިލަ ބަރުކޮށްގެނެވެ.


އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ ދޯނި އަޑިއަށް ދިއުމުން ކަނޑުވި މީހުންގެ ތެރެއިން 18 މީހުން ކަނޑުތެރޭގައި ތިއްބައި ނަގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދޯނީގެ ކެޕްޓަން ފިޔަވައި ދެންތިބި އެންމެނަކީ ވެސް ބިދޭސީން ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ދޯނިން ގެއްލިގެން މިހާތަނަށް ނުފެނިވަނީ އިންޑިޔާ މީހެއް ކަމަށެވެ.


ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދާ އިންޑިޔާ މީހާއަކީ އެމީހުންނަށް ނޭނގި ދޯންޏަށް އެރި މީހެއް ކަމަށެވެ.


އެމްއެންޑީއެފުން ބުނީ މި ހާދިސާއަށް ފަހު ކާމިޔާބު ދޯނި އަދިވެސް ނުފެންނަ ކަމަށެވެ. ކާމިޔާބު ދޯނި އަޑިއަށް ދިއަކަމަށް ބެލެވެނީ މިރޭ 11:30 އާއި 11:45 ދެމެދުގެ ވަގުތެއްގަ އެވެ. އެމްއެންޑީއެފުން ބުނީ ދޯނި ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.


މި ދޯނި އަޑިއަށް ދިޔައީ ވަރަށް ބޮޑަށް ދިޔަވެ ދިޔަ ހިއްކުމުގައި ކާމިޔާބު ނުވެގެނެވެ. ހިލަސް ބަސްތާތަކާއެކު އަޑިއަށް ގޮސްފައިވާ ދޯނި ހޯދުމުގެ މަސައްކަތް ރެއިން ފެށިގެން ދަނީ ކުރަމުންނެވެ.


 ދޯނި އަޑިއަށް ދިއުމަށް ފަހު ކަނޑު ތެރެއިން ފެނުނު 18 މީހުންގެ ތެރެއިން އެކެއްގެ ހާލު ދެރަވެގެން ފަރުވާދޭން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފަ އެވެ.