03 Jun 2013, 09:39
ހެންވޭރު ގެއެއްގެ ތެރޭގައި ހަށިވިއްކަމުންދިޔަ ބަޔަކު އަތުލައިގަތްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އިއްޔެ ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި އުމުރުން 25 އަހަރުގެ ބަންގްލަދޭޝް އަންހެނެއް ކަމަށެވެ. އަދި އެ ދެ މީހުން އެވަގުތު ތިބި ތަނަށް ފުލުހުން ވަތްއިރު އެ މީހުން ތިބީ ބަރަހަނާ ހާލުގައި ކަމަށް ފުލުހުން ބުނެ އެވެ.
އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ލޮނުޒިޔާރަތްމަގު ޝަހީދުއަލީ މިސްކިތް ކުރިމައްޗަށް ވާގޮތަށް ހުންނަށް ހ. ކަނޑުފިނިގޭގެ ތެރެއިން އިއްޔެ މެންދުރު 1:30 ހާއިރު ކަމަށެވެ.
އެމީހުންގެ އަތުން އެއްވެސް ވަރަކަށް ފައިސާއެއް ފެނުނު ކަމަކަށް ފުލުހުން ނުބުނެ އެވެ.