02 Jun 2013, 23:13
ދުނިޔޭގެ އެކި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޮޑެތި ޖިނާއީ ޖަރީމާތައް ހިންގާފައިވާ އަރުމޭނިޔާގެ ދެ މީހަކަށް ނިސްބަތްވާ ކުންފުނި އާތާ ބުރަދާސްއާ ގުޅުން އޮންނަ ދިވެއްސަކު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އާތާ ބުރަދާސް މައްސަލާގައި ފުލުހުން ހޯދުމަށް އިއުލާންކޮށްފައިވާ ހ. އެވަރ ޗާންސް އަހުމަދު ވިޝާލް ދާދިދެންމެ އަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ މ. ޗަނބޭލީގޭ ހަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުން ކަމަށެވެ.
އަތާ ބުރަދާސްއާ ގުޅުން އޮންނަ ދެ މީހަކު މިދިޔަ މަހުގެ މެދުތެރޭގައި ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ
"އަރްތޫރު ބްރަދާޒް ވޯލްޑް ކަނެކްޝަން" ކުންފުނީގެ ހިއްސާވާ ފްރާންސް މީހާ ކަމަށްވާ ސަގަސްޔާންގެ އިތުރުން އަރުތޫރް ބްރަދާސްއާ ގުޅުން އޮންނަ ކަމަށް ބެލެވޭ ދިވެއްސެއް ކަމަށްވާ ހުޅުމާލެ ފުލެޓް 04-2-5 އަހްމަދު ނިޝާން އެވެ.