02 Jun 2013, 16:25
ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ "އެސްޓީއޯ ރަމަޟާން ބާޒާރު" ޕުރޮމޯޝަން ފަށައިފި އެވެ.
އެ ޕްރޮމޯޝަންއާ ބެހޭގޮތުން އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް ވިދާޅުވީ، އެސްޓީއޯގެ ހުރިހާ ފިހާރަތަކަކުން ވިޔަފާރިތަކުގެ ތެރެއިން އެސްޓީއޯ އިން އެތެރެކޮށް ޑިސްޓިބިއުޓްކުރާ ކޮންމެ ޕުރޮޑެކްޓަކުން 25 ޕަސެންޓް ޑިސްކައުންޓް ލިބޭއިރު އެސްޓީއޯއިން ވިއްކާ ހިޓާޗީ އެއާކޮންޑިޝަންތަކުން 30 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕްރޮމޯޝަންގައި އެސްޓީއޯގެ ހޯމް އިމްޕުރޫވްމަންޓްއިން ކުރާ ކޮންމެ 1000ރ. އިން މަތީ ވިޔަފާރި އަކަށާއި އެސްޓީއޯގެ އިތުރު ފިހާރަތަކުން ކުރާ ކޮންމެ 500ރ. މަތީ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.
އާޒިމް ވިދާޅުވީ އެ ޕްރޮމޯޝަން ނިމުމުން ގުރުއަތުން ނެގޭ އެއް ވަނަ ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕުރޫވަމަންޓްއިން އެއް ލަންކަ ރުފިޔާގެ ވައުޗަރެއް ލިބޭއިރު 60،000ރ، ގެ ވައުޗާއެއް އަދި ތިން ވަނަ އިނާމަކަށް 30،000ރ. ގެ ވައުޗާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ހަތަރު ވަނަ ފަރާތުން ފެށިގެން ދިހަ ވަނަ ފަރާތަކަށް 10000ރ. ގެ ވޮއުޗާއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެސްޓީއޯ ރަމަޒާން ބާޒާރު ޕުރޮމޯޝަން ހިންގަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.