02 Jun 2013, 13:57
ސްޕެނިސް ލީގުގައި ރޭ ކުޅުނު އެ ލީގުގެ ފަހު މެޗުތަކުގައި ލީގު ޗެމްޕިއަން ބާސެލޯނާއާއި މަލާގާ ބައްދަލުކޮށް 4-1ން ބާސާ މެޗު ކާމިޔާބުކޮށް މިދިޔަ އަހަރު ރެއާލް މެޑްރިޑް އިން ހަދާފައިވާ 100 ޕޮއިންޓުގެ ރެކޯޑާ އެއްވަރަށް ޕޮއިންޓު ހޯދައިގެން ލީގު ނިންމާލައިފި އެވެ.
ރޭގެ މެޗުގައި ބާސާގެ ފުރަތަމަ ތިން ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ ޑޭވިޑް ވިޔާ، ސެސް ފެބްރިގާސް، މާޓިން މޮންޓޮޔާ އެވެ. އަދި ފަހު ހާފުގައި އަންދުރޭ އިނިއެސްތާ ބާސާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިން އިރު މަލާގާގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޕެޑްރޯ މޮރަލޭސްއެވެ.
ހޯސޭ މޮރީނިއޯ ރެއާލްއާއެކު ނުކުތް ވަދާއީ މެޗު އޮސާސޫނާ އަތުން 4-2 ލަނޑުން ކާމިޔާބު ކުރީ ރެއާލްއެވެ. އެ މެޗުގައި ރެއާލްއަށް ލަނޑުތަށް ކާމިޔާބު ކޮށްދިނީ ގޮންޒާލޯ ހިގުއާއިން، މައިކަލް އެސިއެން، ކަރީން މެންޒެމާ އަދި ހޯސޭ މަރީއާ ކަލިޔޮން އެވެ. މެޗުގައި އޮސަސޫނާ ކާމިޔާބު ކުރި ދެ ލަނޑު އެ ކުލަބަށް ޖަހައި ދިނީ ރޮބާޓޯ ޓޮރޭޒްއާއި އަލްވާރޯ ކެޔުޑޯ އެވެ.
ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރެލިގޭޓު ވެފައިވާ ޒަރަގޯޒާ އަތުން އެތުލެޓިކޯ މެޑްރިޑް މޮޅުވީ 1-3 ލަނޑުންނެވެ. ވެލެންސިޔާ އަތުން 3-4 ސެވިއްޔާ މޮޅުވި އިރު ރެކިގޭޝަންގައި އޮތް ޑިޕޯޓިވޯ އަތުން 1-0 ލަނޑުން މޮޅުވެ ރެއާލް ސޮސިޑާޑް ވަނީ ތާވަލުގެ ހަތަރުވަނަ ހޯދާފަ އެވެ.
ލަލީގާގައި ރޭ އެސްޕަންޔޯލް އަތުން 0-1 ލަނޑުން ސެލްޓާވީގޯ މޮޅުވެ ތާވަލުގެ 17 ވަނައަށް ކުރިއަށް ޖެހިލުމުން، ވަލަޑޮލިޑް އަތުން 2-4 ން މަޔޯކާ މޮޅުވި ނަމަވެސް މަޔޯކާ ވަނީ ރެލިގޭޓުވެފަ އެވެ.