ޑައިވިނަށް ގޮސް އުޅުނު ރީތިބީޗް ރިސޯޓުގެ ޓޫރިސްޓަކު ލޯންޗެއްގެ ބުރަފަތީގައި ޖެހި ދެފައި ވަރަށް ބޮޑަށް ޒަޚަމްވެއްޖެ އެވެ.

މިއަދު ހެނދުނު 11:00 އެހާކަންހާއިރުި ހިނގި އެ ހާދިސާގައި ޒަޚަމްވެފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު އެ ރިސޯޓަށް ހަނީމޫނަށް ގޮސް އުޅުނު ޖަރުމަނުގެ އަންހެނެކެވެ. އަދި އެއަންހެން މީހާ އަށް ފަރުވާ ދިނުމަށް ވަނީ މިހާރު މާލެ ގެނެސްފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އެ އަންހެން މީހާގެ ދެފައި ވަނީ ލޯންޗުގެ ބުރަފަތީގައި ޖެހި ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.