01 Jun 2013, 11:30
އައްޑޫ ސިޓީގެ މަރަދޫގައި ފުލުހަކަށް ފިލަން ދުއްވި ސައިކަލެއް ކަހާލައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ޒަޚަމްވެއްޖެ އެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުވާނާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު އިނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އިއްޔެ އެ އެކްސިޑެންޓް ހިނގާފައި ވަނީ މަރަދޫން ފޭދު އަށް ދުއްވާފައި ދިޔަ ސައިކަލަށް ފުލުހުންގެ ވެހިކަލް ފެނި އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އޯވަޓޭކް ކުރަން އުޅުމުގެ ތެރޭ ސައިކަލު ކަހާލުމާ އެކު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތި އަޅާފައި ހުރި ރަބަރު ދެ ޕެކެޓެއް އެއްލާލުމަށް ފަހު ފިލަން މަސައްކަތްކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލު ދުއްވި މީހަކީ ލައިސަންސް ވެސް ނެތް މީހެކެވެ.
މަރަދޫގައި އެކްސިޑެންޓެއް ހިނގާފައިވާ އިރު، އިއްޔެ ހަވީރު ވަނީ އައްޑޫ ސިޓީގެ ހިތަދޫ ލިންކް ރޯޑުގައި ވެސް ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހަކު މާލެ ގެނެސްފަ އެވެ.