ވ. އަލިމަތާ ރިސޯޓް ފަރުކައިރިއަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ތިން މީހުން ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ވ. އަލިމަތާ ރިސޯޓް ފަޅުކައިރިން އުތުރު ފަރާތަށް އޮންނަ (ބޮލިކޭ ފަޅު) ކައިރިއަށް ޑައިވިންނަށް ދިޔަ ތިން މީހުން ފެނިފައި ވަނީ އަލިމަތާ ރިސޯޓްގެ ލޯންޗަކަށް ކަމަށެވެ. އަދި އެ ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެ ރިސޯޓުން އެމްޑީއެފްގެ ކޯސްޓްގާޑުން އަންގާފައިވާ ކަމަށް ވެސް އެމްޑީއެފްއިން ބުނެފައިވެ އެވެ.

ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން އަލިމަތާ ރިސޯޓުން މިއަދު ބެނެފައި ވަނީ އެ ތިން މީހުން ފެނިފައި ވަނީ ރޭ 9:30 އެހާކަންކާއިރު އެ ރިސޯޓްގެ ކައިރިން ކަމަށެވެ. އަދި އެ ތިން މީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ރިސޯޓުް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.

ވ. އަލިމަތާ ރިސޯޓުން ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލިފައި ވަނީ އަލިމަތާ ރިސޯޓްގެ ދެ ޓޫރިސްޓަކާއި އިންސްޓްރަކްޓަރެކެވެ. އޭގެ ތެރޭގައި ހިމެނެނީ ދުބާއީގެ ދެ ޓޫރިސްޓުންނާއި އިޓަލީގެ އިންސްޓެރަކްޓަރެކެވެ.