ކޮންމެ ރޯދަ މަހަކަށް އަމާޒުކޮށްގެން ސަން ފްރަންޓް އިން ކުރިއަށް ގެންދާ "މިރަކަލް ސޭލް" މިރޭ ފަށައިފި އެވެ.

ސަން ފްރަންޓް ލިވިންގެ މެނޭޖާ އިކުރާމް މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ރޯދަ މަސް ފެށެންދެން ކުރިއަށް ގެންދާ އެ ސޭލްގައި ގޭތެރެއަށް ބޭނުންވާ ފަރުނީޗާރުން 10 ޕަސެންޓާއި 50 ޕަސެންޓާއި ދޭތެރޭ ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

އެ ސޭލް ކުރިއަށް ދާއިރު ސަން ފްރަންޓުން ވަނީ 500 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ވަގުތުން ނަސީބު ލިބޭ ލަކީޑްރޯއެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ.

އިކުރާމް ވިދާޅުވީ 2000 ރުފިޔާ އިން މަތީގެ ވިޔާފަރިކުރާ ފަރާތްތަކަށް ލަކީ ޑްރޯގައި ބައިވެރިވެގެން އެއް ވަނަ އިނާމެއްގެ ގޮތުގައި އެންމެ ފަހުގެ އައިސް އަލަމާރިއަކާއި އޭސީއެއްގެ އިތުރުން ދޮންނަ މެޝިނެއް ލިބިގެންދާނެ ކަމަށެވެ. އަދި ދެ ވަނަ އިނާމައަކަށް ޕިލިޕްސް ބްރޭންޑްގެ ބަދިގޭ ސެޓެއް ދިނުމަށް ނިންމާފައިވާ އިރު ތިން ވަނަ އިނާމަކަށް ޕިލިސްބުރޭންޑްގެ ހޯމް ތިއޭޓާ ސިސްޓަމެއް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެސޭލް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ސަން ފްރަންޓް ލިވިން އާއި ސަން ފުރަންޓް ފަރުނީޗާ ޝޯރޫމްގަ އެވެ.