ވ. އަލިމަތާ ރިސޯޓް ފަރުކައިރިއަށް ޑައިވިންއަށް ދިޔަ ތިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ދާދި ދެންމެ އަކު ބުނީ ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލިފައި ވަނީ އަލިމަތާ ރިސޯޓްގެ ދެ ޓޫރިސްޓަކާއި އިންސްޓްރަކްޓަރެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދުބާއީގެ ދެ ޓޫރިސްޓުންނާއި އިޓަލީގެ އިންސްޓެރަކްޓަރެއް ކަމަށް އެމީހުން ބުންޏެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކުން އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަށް ގުޅުމަށް އެދޭ ކަމަށެވެ.