މޮރިޝަސްގައި މިއަދު ފެށި ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (ފީފާ)ގެ 63 ވަނަ ކޮންގްރެސްގައި ރާއްޖެ ތަމްސީލް ކުރުމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް މޮރިޝަސް އަށް ވަޑައިގެންފި އެވެ.

އެފްއޭއެމްއިން ބުނީ، ކޮންގްރަސްގައި ބައިވެރިވުމަށް ހާނިމް ފުރީ އެފްއޭއެމުގެ ރައީސް އިލްހާމް އަހުމަދު ރާއްޖެ ތެރޭގައި މިވަގުތު އުޅުއްވާތީ އޭނާގެ ބަދަލުގައި ކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އެފްއޭއެމް އަކުން ނުދެ އެވެ.

މިކަމާގުޅޭ ގޮތުން އެފްއޭއެމްގެ ރައީސް އިލްހާމްގެ ބަހެއް ހޯދާކުމަށް ސަންއިން ކުރިމަ މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ހާނިމްގެ އިތުރުން އެ ކޮންގްރެސްގައި ރާއްޖެއިން ބައިވެރިވެފައި ވަނީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމެވެ.