ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތް ޖުމުލަ ހަތަރު ޓީމެއް ބައިވެރިކޮށްގެން އަންނަ ޖޫން މަހުގެ އެކެއްގައި ފަށާގޮތަށް ކުރިކެޓް ބޯޑުން ހަމަޖައްސައިފި އެވެ.

ކުރިކެޓް ބޯޑުން ބުނީ މިފަހަރުގެ މުބާރާތުގައި ފުރަތަމަ ޑިވިޝަނުން ބައިވެރިވެފައި ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ހިންނަވަރު ހިރިޔާ އާއި ރަނަރަޕް، މާލޭ ސްޕޯޓްސްއާއި ދެވަނަ ޑިވިޝަންގެ ޗެމްޕިއަން އޮފްއެފްސީ އާއި އަދި ގައުމީ މުބާރާތުގެ ތިންވަނަ ޓީމް އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އެވެ.

އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މާލޭ ސްޕޯޓްސް އާއި އޮފްއެފްސީ އެވެ. މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ ޖޫން 1 ން 22ގެ ނިޔަލަށް ކޮންމެ ހޮނިހިރު ދުވަހެއްގަ އެވެ.