29 May 2013, 12:28
ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ބަދަލު ކީޕަރު އަދި އެ ކުލަބުގެ 21 އަހަރުން ދަށުގެ ޓީމުގެ ގޯލް ކީޕަރު ޢަލީ އަތޫފު، މިދިޔަ އަހަރު ރާއްޖެ އިން ހޮވި ޖީސީއޯލެވެލް އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނިއްޖެ އެވެ.
އަތޫފު ވަނީ، ހުސްވި އަހަރުގެ ޖީސީއީ އޯލެވެލްގައި ބައިވެރިވެ ދެމާއްދާ އިން އޭ ސްޓާ، ތިން މާއްދާ އިން އޭ އަދި ތިން މާއްދާ އިން ބީ އެވެ.
ފުޓްބޯޅަ ކުޅުމަށް ވަގުތު ހުސްކުރަމުން ތައުލީމު ހާސިލް ކުރުމުގައި އަތޫފު ހޯދި ކާމިޔާބު ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހަވީރު ނިއުގެ ޕްރެކްޓިސް ނިންމާލާފައި ކުލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ އަތޫފު އަށް މަރުހަބާ ކިޔާފަ އެވެ.
"އަތޫފުގެ އެ ބޮޑު ކާމިޔާބު ފާހަގަކޮށް ކުލަބުގެ ފަރާތުން އޭނާއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން. އަދި ކުރިއަށް އޮތްތާނގައި ވެސް ތައުލީމު ހާސިލު ކުރުމަށް މަސައްކަތް ކުރަމުން އަދި ރަނގަޅު ކުޅުންތެރިއަކަށް ވުމަށްޓަކައި ކުލަބަށް ވެސް ވަގުތު ދޭނޭ ކަމަށް އުންމީދު ކުރަން،" ނިއުގެ ވެބްސައިޓުގައި ލިޔެފައިވެ އެވެ.