28 May 2013, 17:24
ރ. އަތޮޅުގެ ހަތަރު ކައުންސިލަކުން ހަތަރު މެމްބަރަކު ރޭ އެމްޑީޕީއަށް ސޮއިކޮށްފި އެވެ.
އަލިފުށީގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި އެޕާޓީއަށް ސޮއިކޮށްފައި ވަނީ އަލިފުށީ ކައުންސިލްގައި ހިމެނޭ ޑީއާރުޕީގެ މެމްބަރު އަދި އެކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ޝުއިބު އާއި އަލިފުށީ ދާއިރާގެ އަތޮޅު ކައުންސިލްގެ ޕީޕީއެމް މެމްބަރު އިބްރާޙިމް މަހީސް އާއި ރ. ވާދޫ ކައުންސިލްގެ ގައުމީ އިއްތިހާދު ޕާޓީގެ މެމްބަރު އަލީ ރިޔާޒާގެ އަދި ރ. ރަސްގެތީމް ކައުންސިލްގެ އަދާލަތު ޕާޓީ މެމްބަރު ހުސައިން ރަޝާދު އެވެ.
އަލިފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް އަބްދުލްރަހުމާން މިއަދު ވިދާޅުވީ އެ ރަށު ކައުންސިލްގެ މެމްބަރަކު ރޭ އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެން މިހާރު އެ ރަށުގެ ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަށް ކަމަށާއި އެކައުންސިލްގައި މިހާރު ތިއްބެވީ އެމްޑީޕީގެ ތިން މެމްބަރުންނާއި ޕީޕީއެމްގެ ދެ މެމްބަރުން ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެން އެ ޖަލްސާގައި ރ. އަތޮޅުގެ ހަތަރު ކައުންސިލަރުންގެ އިތުރުން ބައެއް އާއްމުން ވެސް ވަނީ އެޕާޓީ އަށް ސޮއިކޮށްފަ އެވެ.