ސްކޭލިންގް އަޕް ރިނިއުބަލް އެނާޖީ އިން ލޯ-އިންކަމް ކަންޓްރީޒް (އެސްއާރުއީޕީ)ގެ ފަސް ވަނަ ބައްދަލުވުން ބަނޑޮސް އައިލެންޑް ރިޒޯޓުގައި ފަށައިފި އެވެ.

ބޭރުގެ ހަތް ގައުމަކުން ބައިވެރިވާ މިބައްދަލުވުން އިފްތިތާހުކޮށްދެއްވާފައި ވަނީ ރާއްޖޭގެ ފިޝަރީޒް މިނިސްޓާ އަހުމަދު ޝަފީއު އާއި ކުލައިމެޓް އިންވެސްޓްމަންޓް ފަންޑު (ސީއައިއެފް)ގެ ޕްރޮގްރާމް މެނޭޖަރު ޕެޓްރީޝިއާ ބްލިސްގެސްޓެވެ.

މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ ބައްދަލުވުމުގައި ބައިވެރިވާ ހަ ގައުމަކީ އިތިއޯޕިއާ ހޮންޑޫރާސް، ކެންޔާ، ދިވެހިރާއްޖެ، މާލީ އަދި ނޭޕާލެވެ.

އެސްއާރުއީޕީ އަކީ ކުލައިމެޓް އިންވެސްޓްމަންޓް ފަންޑުގެ ދަށުން ބައިވެރިވާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތައް ހިންގުމަށް ހަރަދުކުރާ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. މިޕްރޮޖެކްޓްގެ ދަށުން 46 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތަރު ޕްރޮޖެކްޓެއް މިހާތަނަށް ހިންގުމަށް ސަބް-ކޮމިޓީ އިން ވަނީ ނިންމާފަ އެވެ.

މީގެ ތެރޭގައި ރާއްޖެ އާއި ނޭޕާލުގައި ހިންގުމަށް ހަމަޖެހިފައިވާ އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތައް ހިމެނެ އެވެ.