ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުގައި ހައްޔަރުކުރި ތިން މީހެއްގެ މައްސަލަ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅައިފައި ވަނީ ތ. ގުރައިދޫ، ކޮޕީގެ، ހަސަން ޝަރީފް،28، އާއި ސ. ހިތަދޫ މޮހޮރީގެ، އިބްރާހީމް އަމްޖަދު،26، އަދި ގދ. މަޑަވެލި އިވަރްހައުސް، އަހުމަދު ޖަމްޝީދު،25، ގެ މައްޗަށް ކަމަށެވެ.

މި މީހުންގެ މައްސަލަ ޕީޖީ އަށް ފުލުހުން ފޮނުވާފައި ވަނީ ގިނަ ގިނަ އަަދަދެއްގެ ބަޔަކާ ބައިވެރިވެގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ. މި މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މި އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.