މެލޭޝިޔާގެ އެންމެ ދިގު ކޯރު ހުރަސްކުރަން އުޅެނިކޮށް ފެރީ ބޯޓެއް ބަންޑުން ޖަހާލައި 21 މީހުން ގެއްލިއްޖެ އެވެ.

މެލޭޝިޔާގެ ބެލަގާ އިން މީހުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ފެރީ ބަންޑުން ޖަހާލާފައި ވަނީ ކޯރުގައި ދުއްވަމުން ދަނިކޮށް، ގަލެއްގައި ޖެހުމުގެ ސަބަބުން ކަަމަށް މެލޭޝިޔާގެ ފުލުހުން ބުންޏެވެ.

މެލޭޝިޔާގެ ފުލުހުން ބުނީ ބޯޓުގައި 100 އެއްހާ މީހުން ދަތުރުކުރި ކަމަށާއި ބޯޓަށް ހުއްދަދީފައި ވަނީ 74 މީހުން ދަތުރުކުރުމަށް ކަމަށެވެ. މެލޭޝިޔާގެ އެންމެ ދިގު ކޯރު ކަމަށްވާ ރަޖަންގުގައި މި ހާދިސާގައި ހިނގާފައިވަނީ ޖަޒީރާއެއް ކަމަށްވާ ބޯނިއޯގެ ތެރޭގައި އޮންނަ މެލޭޝިޔާގެ ސްޓޭޓްގެ ތެރޭގަ އެވެ.

މިހާދިސާ ހިނގި ސަރަހައްދަކީ ޖަންގަލީގެ ސަރަހައްދެއް ކަމުން މީހަކު މަރުވެފައިވާ ކަން ނުވަތަ އަނިޔާވެފައިވާ ކަން އަދި ކަށަވަރުވެފައެެއް ނުވެ އެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އެހީވުމަށް ފުލުހުން މިހާރު ގެންދަނީ ދަތުރުކުރަމުންނެވެ.