މޯލްޑިވިއަން އިން 50 ގޮނޑީގެ އިތުރު މަތިންދާބޯޓެއް އަންނަ އޯގަސްޓްމަހު ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް "ސަން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޑޭޝް8ގެ 50 ގޮނޑީގެ މަތިންދާ ބޯޓު ބެލުމަށް އިންޖިނިއަރުންތަކެއް ކެނެޑާއަށް ގޮސްފައިވާ ކަމަށެވެ.

"މި ބޯޓު ގެނައުމުން އިތުރު ސަރަހައްދުތަކަށް ދަތުރުކުރަން ވަރަށް ފަސޭހަވާނެ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ދިވެހިންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން. މިހާރު ވެސް ބައެއް ސަރަހައްދުތަކަށް ދުވާލު ހައެއްކަ ދަތުރުކުރަން އެބަޖެހޭ ބޯޓު މަދުވުމުން،" އޭނާ ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ އެ ކުންފުންޏަށް ޑޭޝް8ގެ ހަވަނަ ބޯޓާއެކު އިތުރު ވަޒީފާތަކެއް ވެސް އުފެދިގެން އަންނާނެ ކަމަށެވެ.

އެ ކުންފުނީގެ އުދުހުންތަކުގައި މިހާރު ބޭނުންކުރަނީ އެއާބަސް 320އޭގެ މަތިންދާބޯޓަކާއި ޑޭޝް އަށެއް 200 މަރުކާގެ 36 ގޮނޑީގެ ދެ ބޯޓާއި ޑޭޝް އަށެއް 300 މަރުކާގެ، 50 ގޮނޑީގެ ތިން ބޯޓެވެ.