27 May 2013, 16:11
އަގު ބޮޑު އިނާމު ތަކަކާއެކު އަންނަ ރޯދަ މަހަށް ހާއްސަ ކޮށްގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން "ފިލިޕްސް ޔޯ ރޯދަ ޕްރޮމޯޝަން" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ މި މަހުގެ 20 ން ފެށިގެން އަންނަ ޖުލައި މަހުގެ 20ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ފިލިޕްސް ބްރޭންޑްގެ އެކިއެކި ޕްރޮޑަކްޓްސް ތަކަށް 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނޭ ކަމަށާއި އަދި 2،000 ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ފިލިޕްސް ބްރޭންޑުގެ ބްލެންޑަރެއް ހިލޭ ލިބޭނޭ ކަމަށެވެ.
އެ ޕްރޮމޯޝަންއާ ބެހޭގޮތުން އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް ވިދާޅުވީ، ފިލިޕްސް ޔޯ ރޯދަ ޕްރޮމޯޝަން އަކީ ރޯދަމަހަށް ހާއްސަކޮށް ރައްޔިތުންނަށް ބޭނުންވާ ތަކެތި ހެޔޮއަގުގައި ލިބޭނެ ގޮތަކަށް ކަންތައްތައް ހަމަޖައްސައި ދިނުމުގެ ގޮތުން ބާއްވާ ޕްރޮމޯޝަނެއް ކަމަށެވެ.
އެސްޓީއޯގެ ފިލިޕްސް ބްރޭންޑް މެނޭޖަރު އާމިނަތު ޝުރުފާ ވިދާޅުވީ މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަންގެ ތެރޭގައި ކުރާ 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ވަރަށް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެވޭ ކޫޕަނެއް ލިބޭނޭ ކަމަށެވެ.
"ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެ. ކޫޕަނުން މި ލިބެނީ ގްރޭންޑް ޕްރައިޒް ކާމިޔާބު ކުރުމުގެ ފުރުސަތު. ލަކީ ޑްރޯގެ އެއްވަނަ އިނާމަކަށް މި އޮތީ، ސަންފުރަންޓުން ހުށަހަޅާފައިވާ، 80000 ރުފިޔާގެ އަގު ހުރި އޯލިން ކިޗަން ސިސްޓަމެއް. ދެން އެއާއެކު މި ހުށަހަޅަނީ ފިލިޕްސް ބަދިގޭ ސާމާނު. ޖުމުލަ އަގު 120،000 ރުފިޔާ އަރާނެ. ދެން ދެވަނަ އިނާމަކަށް މިދެނީ 50000 ރުފިޔާގެ އަގުހުރި ފިލިޕްސް ލައިފް ސްޓައިލް ބިއުޓީ އަދި ގާމެންޓް ކެއާ ޕެކޭޖް ތަކެއް. ތިން ވަނަ އިނާމަކަށް މިއޮތީ 20000 ރުފިޔާގެ އަގުހުރި ފިލިޕްސް ގިފްޓް ވައުޗަރެއް،" ޝުރުފާ ވިދާޅުވި އެވެ.
ޝުރުފާ ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ބައިވެރި ވުމުގެ ފުރުސަތު އެސްޓީއޯގެ ހުރިހާ ފިހާރަ ތަކަކުން ވިޔަފާރި ކޮށްގެންވެސް ލިބޭނޭ ކަމަށެވެ. އަދި އެ މުއްދަތުގައި އެ މުއްދަތުގައި އެސްޓީއޯއިން ގަންނަ ބައެއް ޓީވީ ތަކާއެކު ހިލޭ ހޯމް ތިއޭޓާ ސިސްޓަމެއްވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އެސްޓީއޯއިން ބުނީ އެތަނުން ވިއްކާ ފިލިޕްސް ބެރޭންޑުގެ ބަދިގޭ ސާމާނާއި އިސްތިރި އަދި ބިއުޓީ ޕްރޮޑަކްޓްސް ތަކަށް ދެ އަހަރު ދުވަހުގެ ވޮރެންޓީ ދޭގޮތަށް ހަމަޖެހިފައިވާ އިރު އެތަނުން ވިއްކާ އިލެކްޓްރޯނިކްސް ސާމާނު ތަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ދޭގޮތަށް ހަމަޖެހިފައި ވާކަމަށެވެ.