27 May 2013, 11:27
ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި މާލެތެރޭގައި ދުއްވި ހަތަރު ސައިކަލެއް 15 ދުވަހަށް ޓޯކޮށްފި އެވެ.
އެ ވެހިކަލްތައް ޓޯ ކޮށްފައި ވަނީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި މާލެތެރޭގައި ދުއްވައިގެން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގެ ސަލާމަތްކަމާއި ރައްކާތެރި ކަމަށް މިހާރު ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ދަށުން ޓޯ ކޮށްފައި ވަނީ ބޮޑުތަކުރުފާނުމަގު ކޭކޭ ކައިރިން ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލަކާއި ޖަނަވަރީހިނގުމުން ދުއްވާފައި ދިޔަ ސައިކަލެއްގެ އިތުރުން ބޮޑުތަކުރުފާނުމަގު ޓޯ ޔާޑް ކައިރިން ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަމަށެވެ.
އެ ހަތަރު ސައިކަލު ޓޯ ކުރި އިރު ޓްރެފިކް މައްސަލަތަކުގައި މިދިޔަ ހަފްތާތެރޭ 349 މީހެއްގެ ލައިސަންސް ހިފައްހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.