27 May 2013, 10:15
އައްޑު ސިޓީގެ ހިތަދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ފުރޮޅައިލައި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިއަދު ހެނދުނު 9 ޖަހާއެހާކަންހާއިރު ހިތަދޫ ބަނދަރު ސަރަހައްދުގައި ހިނގި އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެ އެކްސިޑެންޓް ހިނގީ އެމަގުން ދުއްވާފައި ދިޔަ ސައިކަލަކުން ނެއްޓުމަށް ކާރު އުޅުމުގެ ތެރޭގައި ފުރޮޅައިލައިގެން ގޮސް ކަމަށެވެ.
"އެކްސިޑެންޓް ހިނގީ ކާރު ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް އޯވާޓޭކް ކުރި ވަގުތު ކޮންޓްރޯލް ނުކުރެވިގެން." އޮފިޝަލް ވިދާޅުވި އެވެ.
އެ އެކްސިޑެންޓްގައި ކާރުގައި އިން މީހާ އަށް އަދި ސައިކަލް ދުއްވި މީހާ އަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެކިވަރުގެ ގެއްލުންތައް ކާރަށް ވަނީވެފަ އެވެ.