27 May 2013, 10:00
ޖެމެއިކާގެ ކިންގްސްޓަންގައި އިއްޔެ ހެނދުނު ކުރިޔަށް ގެންދިޔަ ޖޭއޭއޭއޭ ޑިވެލޮޕްމަންޓް މީޓްގެ 400 މީޓަރު ދުވުމުގައި ވާދަކުރި ހަސަން ސާއީދު ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް މުގުރާލައިފި އެވެ.
މިއީ އެއް މަސް ދުވަސްތެރޭގައި ސާއިދު މި އިވެންޓްގެ ރިކޯޑް މުގުރާލި ދެ ވަނަ ފަހަރެވެ.
67 އެތުލީޓުން ހަތް ހީޓުގައި ވާދަކުރި ދުވުމުގައި ސާއިދު ދުވެފައިވަނީ ހަތް ވަނަ ހީޓްގައެވެ. އަދި އަށް އެތުލީޓުން ވާދަކުރި މި ހީޓް ކާމިޔާބުކުރީވެސް ހަސަން ސާއިދު އެވެ.
67 އެތުލީޓުން ދުވި ވަގުތަށް ބަލާއިރު ހަސަން ސާއިދުގެ ވަގުތު ހިމެނިފައިވަނީ ނުވަ ވަނަ އަށެވެ.
ސާއިދު އާއެކު ޖެމެއިކާގައި ތަމްރީން ހަދަމުން އަންނަ އަޒްނީމް އަހުމަދު އިންޖަރީގެ ސަބަބުން އިއްޔެ ކުރިއަށްދިޔަ އެ ހީޓްގައި ވާދަކޮށްފައި ނުވާކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވިއެވެ.