އަމީނީމަގުގައި ހުންނަ ސިނަމާލެ ތިނެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށާއި ނަމަވެސް އެމްއެންޑީއެފުގެ ފަޔަރަރު އެ ސަރަހައްދަށް ދިޔަ އިރު އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ސިނަމާލެ ތިނެއްގެ ސިޑި ގޮޅީގައި ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އެމްއެންޑީއެފާއި ފުލުހުން ވެސް ބުނީ އެއީ މާ ބޮޑު ހާދިސާއެއް ނޫން ކަމަށާއި ނަމަވެސް އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށެވެ.