ޓީޗަރުން ތަމްރީން ކުރުމުގެ ދާއިރާ އިން ދެ ސްކޮލަޝިޕެއް ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ދިނުމަށް ވިލާ ކޮލްޖުން ނިންމައި އެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ހަވީރު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިޔާތެއްގައި އެ އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ ވިލާކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރެވެ. އަދި ޓީޗާސް އެސޯސިއޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް އާތިފް އަބްދުލް ހަކީމެވެ.

އެ ސްކޯލާޝިޕަކީ ކޮންމެ ބެޗެއް ނިމުމުން އިތުރު ދެ ކުއްޖަކަށް ފުރުސަތު ދޭގޮތަށް ވި އެއްބަސްވުމެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

އެ ރަސްމިޔާތުގައި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު ވިދާޅުވީ ވިލާ ކޮލެޖުން އަބަދު ވެސް މަސައްކަތްކުރަމުން އަންނަނީ ޓީޗަރުންގެ ހުނަރުވެރިކަން އިތުރުކުރުމަށް ކަމަށެވެ.

އެ ރަސްމިޔާތުގައި ޓީޗާސް އެސޯސިއޭޝަނުގެ ރައީސް އާތިފް ވިދާޅުވީ ޓީޗަރުން ތަމްރީން ކުރުމަށް ހިންގާ ކޯސްތަކުން ސްކޮލަޝިޕް ދިނުމަށް އެ ޖަމިއްޔާ އިން އެދުމުން ވިލާ ކޮލެޖުން އެ ފުރުސަތު ދިނުމަށް ނިންމީ ޝަރުތެއް ނެތި ކަމަށާއި އެކަމުން ދޭހަވަނީ ވިލާ ކޮލެޖުން ރާއްޖޭގެ ތައުލީމަށްދޭ އަހައްމިޔަތު ކަމަށެވެ.

ވިލާ ކޮލެޖުން ބުނީ މިއަދު ވެފައިވާ އެއްބަސްވުމާ އެކު ޓީޗާސް އެސޯސިއޭޝަން މެދުވެރިކޮށް ދެ މީހަކަށް ޓިގްރީއަށް ކިޔެވުމުގެ އަބަދުވެސް ލިބޭނެ ކަމަށެވެ.