27 Oct 2010, 10:44
މަދަނީ ކޯޓްގެ ނަން "ސިވިލް ކޯޓް"ގެ ނަމަށް ބަދަލުކޮށް މާދަމާއިން ފެށިގެން އަލުން ޝަރީއަތްތައް ފަށާ ގޮތަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ސިވިލް ކޯޓްގެ ޝަރީއަތްތައް ވަގުތީ ގޮތުން މެދުކަނޑައިލީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެ ހަފުތާ އަކަށެވެ.
ޝަރީއަތްތައް މެދު ކަނޑައިލީ ކޯޓްތަކުގެ ގާނޫނު ތަސްދީގު ކުރުމާ ގުޅިގެން އިދާރީ ގޮތުންނާއި ޝަރީއަތްތައް ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް އޮނިގަނޑަށް ގެނައުމުގެ މަސައްކަތް ކުރުމަށެވެ.
ސިވިލް ކޯޓުން ބުނީ ކުރިން ހަމަޖައްސާފައި އޮތް ތާރީހަށް ވުރެ އަވަސްކޮށް މާދަމާއިން ފެށިގެން އަލުން ސިވިލް ކޯޓްގެ ޝަރީއަތްތައް ހިންގަން ފަށާނެ ކަމަށެވެ. އަދި އޮނިގަނޑަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް މިހާރު ވެސް ގެންނަމުން އަންނަ ކަމަށެވެ.