26 May 2013, 11:39
ޏ. ފުވައްމުލަކު ގެއެއްގެ ތެރޭގައި ޖުވާކުޅެން ތިބި ބިދޭސީންތަކެއް ފައިސާތަކަކާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ފުވައްމުލަކު ގެއެއްގެ ތެރޭ މިދިޔަ ހުކުރު ދުވަހު ގްރޫޕް ހަދައިގެން ޖުވާކުޅެން ތިބި ބަންގުލަދޭޝްގެ އަށް މީހެއް ކަމަށެވެ.
އެ އޮޕަރޭޝަނުގައި ފުލުހުން އެ ގެއަށް ވަންއިރު ޖުވާކުޅެން ތިބި ތަނާއި އެމީހުންގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އެ ކޮޓަރިތެރެއިން 7000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ވަނީ އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގެ ތެރޭ ޖުވާ ކުޅެންތިބި ބަންގުލަދޭޝްގެ ނުވަ މީހަކު ވެސް ފައިސާތަކަކާ އެކު ހައްޔަރުކޮށްފަ އެވެ.