25 May 2013, 14:03
އާ ގާނޫނު އަސާސީ އާއި އެ ގާނޫނު އަސާސީގެ ދަށުން އަލަށް ތަޢާރަފުކޮށްފައިވާ ކަންކަމަކީ އެމްޑީޕީގެ ފިކުރު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ނ. ހޮޅުދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ގާއިމުކޮށްފައިވާ އެންމެހާ ހަމަތަކާއި އުސޫލްތައް ބިނާވެފައި ވަނީ އެމްޑީޕީގެ ފިކުރުގެ މައްޗަށް ކަމަށެވެ.
"ރާއްޖޭގައި އޮންނަނީ ހަގީގަތުގައި އެއް ފިކުރު. އެއީ އެމްޑީޕީގެ ފިކުރު. ދެން މިވެދާގޮތަކީ އެމްޑީޕީގެ ފިކުރަކީ މިއަދުގެ ގާނޫނު އަސާސީ. އެމްޑީޕީގެ ފިކުރަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް. މިއަދު ރައީސް މައުމޫން ވެސް އަދި ޕީޕީއެމްގެ އެހެން ބޭފުޅަކު ވިޔަސް އެބޭފުޅުންގެ ފިކުރެކޭ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ ވިދާޅުވެއްޖެ ނަމަ ތިޔަބޭފުޅުން ހަނދާން ނައްތާލައިގެން ނުވާނެ އެބޭފުޅުން އެކަމަށް އިންކާރު ކުރެއްވި މިންވަރު. މި ސިޔާސީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް. އެހެން ބައެއްގެ ފިކުރެއް ނޫން" ނަޝީދު ވިދާޅުވި އެވެ. "އެމްޑީޕީ ފިކުރުގެ ޑީއާރްޕީ އާއި އެމްޑީޕީ ފިކުރުގެ ޕީޕީއެމްއާއި އެމްޑީޕީ ފިކުރުގެ އަދާލަތާއި އެމްޑީޕީ ފިކުރުގެ ޖުމްހޫރީ ޕާޓީ އާއި އަދި އެމްޑީޕީ ފިކުރުގެ އެމްޑީޕީ." ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި އަލަށް ތައާރަފު ކުރި ސިޔާސީ ނިޒާމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަށް އައިސްފައި މިވާ ހެޔޮބަދަލުގެ ބެލެނިވެރިޔަކީ ވެސް އަދި ބަލަދުވެރިޔަކީ ވެސް އެމްޑީޕީ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުން ބޭނުންވާ ނަމަ އަދި ތަރައްގީގެ މަގުގައި ރާއްޖޭގެ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދުމަށް ޓަކައި ބޭރުގެ ފިކުރު ރާއްޖެ އަށް އަންނަން ޖެހޭ ކަމަށެވެ. އެހެން ކަމުން ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ އަށް ގެނެވޭނެ ފަދަ ރަނގަޅު ނިޒާމެއް ރާއްޖެ އަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބޭރުގެ އިންވެސްޓްމެންޓްތައް ރާއްޖެ އަށް ގެނައުމަށް ޓަކައި ރާއްޖޭގެ މިލްކުވެރިކަމުގައި ތިބެވެން ނެތް ކަމަށް ވެސް ނަޝީދު ވިދާޅު