27 Oct 2010, 08:53
ބޭންކު އޮފް މޯލްޑިވްސް އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 37 އޭޓީއެމުން ޚިދުމަތް ދޭ ކަމަށާއި އަދި 260،000 އަށް ވުރެ ގިނަ އެކައުންޓުން ޚިދުމަތް ދެމުން އަންނަ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ފުޅާ ދާއިރާއެއްގައި ބޭންކިންގެ ޚިދުމަތް ދޭތާ 27 އަހަރުވެފައިވާ ދިވެހި ބޭންކުން އިއްޔެ ބުނީ 260،000 އަށް ވުރެ ގިނަ އެކައުންޓުން ޚިދުމަތް ދެމުން އަންނަ އިރު 110،000 އަށްވުރެ ގިނަ ޑެބިޓް ކާޑު ދޫކޮށްފައިވާ ކަމަށެވެ. އަދި 14،000 އަށްވުރެ ގިނަ ކްރެޑިޓް ކާޑު ދޫކޮށްފައިވާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. ކާޑުގެ ޚިދުމަތާއި އިލެކްޓްރޯނިކް ބޭންކިންގެ ޚިދުމަތް ދެމުން އަންނަ ބޭންކުން 18،000 އަށް ވުރެ ގިނަ ކަސްޓަމަރުން އަންނަނީ އިންޓަނެޓް ބޭންކިންގެ ޚިދުމަތް ހޯދަމުންނެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން 37 އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގޭއިރު 1،600 މާރޗަންޓުން މެދުވެރިކޮށް 2،000 އަށް ވުރެ ގިނަ ޕީއޯއެސް ޓާމިނަލުން ޚިދުމަތް ދެމުން އަންނަ ކަމަށް ބޭންކުން ބުންޏެވެ.