ހދ. ނޮޅިވަރަމް ރަށު ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ތިން ކައުންސިލަރަކު ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފި ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި އެ ޕާޓީ އަށް މިއަދު ސޮއި ކުރައްވާފައި ވަނީ ނޮޅިވަރަމް ރަށު ކައުންސިލްގެ ރައީސް ޝާފިއު މުހަންމަދާއި ކައުންސިލްގެ ނާއިބު ރައީސް އަލީ ނާޒިމްގެ އިތުރުން ކައުންސިލް މެންބަރު މުހަންމަދު ޒިއާދެވެ.

އެ ބޭފުޅުން ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ކަމަށް ވެސް ޖުމްހޫރީ ޕާޓީން ބުންޏެވެ.