މެޕްސް ކޮލެޖްގެ ޖޫން މަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސް ތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނެޕްސް ކޮލުޖުން ބުނީ މި އަހަރުގެ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ ބިޒްނަސް މެނޭޖްމެންޓް، ހިޔުމަން ރިސޯސަސް މެނޭޖްމެންޓް، މާކެޓިން، އެކައުންޓިން، ޓުއަރިޒަމް އެންޑް ހޮސްޕިޓާލިޓީ، ކޮންޕިޔުޓާ ހާޑްވެއާ އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތައް ކަމަށެވެ.

މިފަހަރު މެޕްސް ކޮލެޖުން ފަށާ ކޯސް ތަކުގެ ތެރޭގައި 11 ކޯހެއް އަލަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މެޕްސް ކޮލެޖުން ހާމަކުރެ އެވެ. އެގޮތުން މެޕްސް ފައުންޑޭޝަން، މެޕްސް އެސޯސިއޭޝަން ޑީގްރީ، ބައިނަރީ ޔުނިވާސިޓީ އޮނާސް ޑިގްރީ ހިމެނޭ ކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ.

ކުރިއަށް އޮތް ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތި ލުމުގެ އެންމެ ފަހުގެ ތާރީހެއް ކަމަށް މެޕްސް ކޮލެޖުން ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަސް ކަމަށް ކޮލެޖުން ހާމަކޮށްފައިވެ އެވެ.