23 May 2013, 11:53
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އާ މެނޭޖަރަކަށް އިބްރާހީމް އިބްތިޝާމް (އިއްބި) ހަމަޖައްސައިފި އެވެ.
ނިއުގެ އާ މެނޭޖަރަކަށް އިއްބި ހަމަޖައްސާފައި މިވަނީ ނިއުއިން ރޭ ބޭއްވި އެޓީމުގެ ބޯޑް ބައްދަލުވުމުގައި ކުރީގެ މެނޭޖަރު އިބްރާހިމް ޝާޒް ހަބީބް އެމަގާމުން ވަކިކުރުމަށް ފަހުއެވެ.
ސަންއަށް އިގިފައިވާ ގޮތުން ނިއުގެ މެނޭޖާރުކަމުން ސާޒް ވަކިކޮށްފައި ވަނީ އޭނާގެ އެދުމުގެ މަތިން ކުލަބަށް އެކަން އެގުމުން ނެވެ.
އަދި ނިއުގެ އާ މެނޭޖަރަކަށް މިހާރު ހަމަޖައްސާފައިވާ އިއްބި އަކީ މިދިޔަ އަހަރު ނިއުގެ ޖޫނިއާ ޓީމުގެ މެނޭޖަރުކަން ވެސްކޮށްފައިވާ މީހެކެވެ. އަދި އޭނަ އަކީ މީގެ ކުރިން މެލޭޝިއާގައި ދިވެހިން ކުޅޭ އެކިއެކި ފުޓްބޯޅަ މުބާރާތްތައް ވެސް ރާވާހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހެއްކަން ސަންއަށް އެނގިފައިވެއެވެ.