27 Oct 2010, 06:24
މަސްތުވާތަކެއްޗާ އެކު އަންހެނަކާއި ދެ ފިރިހެނަކު ފުލުހުން މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި 20 ސެލޯފިންކޮޅާ އެކު އެތިން މީހުން ފުލުހުން ހައްޔަރު ކުރީ ވިލިނގިލީގައި ހުންނަ ރެސްޓޯރަންޓެއްގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ބޭނުންކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސް ބެލިބެލުމުން ކަމަށެވެ. ހައްޔަރު ކުރި ތިން މީހުންނަކީ އުމުރުން 18 އަހަރުގެ އަންހެނަކާއި އުމުރުން 20 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށް ފެސް ފުލުހުން ބުންޏެވެ.