23 May 2013, 10:46
ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯއާއި އެ ކުލަބުގެ ވިންގާ ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޑު ކޮށްފި އެވެ.
މޮރީނިއޯއާއި ރޮނާލްޑޯ ސަސްޕެންޑު ކޮށްފައި ވަނީ އެތުލެޓިކޯ މެޑްރިޑް އަތުން ދޭއް އެކަކުން ރެއާލް ބަލިވި، ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލު މެޗުގައި ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެންނެވެ. ސަސްޕެންޑް ކުރި ނަމަވެސް މި ދެ ޕޯޗުގީޒުންނަށް ވެސް ސްޕެނިޝް ލީގުގައި ރެއާލްއަށް މިސީޒަންގައި ބާކީ އޮތް ދެމެޗުން ފުރުސަތު ލިބޭނެ އެވެ.
ކޮޕާ ޑެލްރޭގެ ފައިނަލް މެޗުގައި 50 އަހަރުގެ މޮރިނިއޯ މޮރީނިއޯ ދަނޑުން ފޮނުވާލީ މެޗުގެ 76 ވަނަ މިނިޓުގައި ހިނގި ހާދިސާއެއްގައި ރެފްރީ ނިންމި ނިންމުމަކަށް ދެކޮޅު ހަދައި ޝުއޫރު ފާޅުކުރުމުގެ ސަބަބުންނެވެ. އަދި 28 އަހަރުގެ ރޮނާލްޑޯ އަށް ދެމެޗުގެ ސަސްޕެންޝަނެއް ދީފައި ވަނީ އެ މެޗުގައި އެތުލެޓިކޯގެ ކެޕްޓަން ގާބީގެ މޫނުމަތީގައި ޖެހުމާއި ގުޅިގެން އޭނާ އަށް ރެފްރީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައި ވާތީ އެވެ.
ރެއާލްއަށް ލީގުގައި ބާކީ އޮތް ދެމެޗަކީ، އާދީއްތަ ދުވަހު ރެއާލް ސޮސީޑާޑްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗާއި، ޖެހިގެން އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗެވެ.
މޮރީނިއޯގެ ސަސްޕެންޝަން އިއުލާނު ކޮށްފައި މިވަނީ އޭނާ މި ސީޒަނަށްފަހު ރެއާލް ދޫކޮށްލާނެކަން ހާމަ ކޮށްފައި ވަނިކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުން އަންނަ ސީޒަންގައި މޮރީނިއޯ ފެންނާނީ އޭނާގެ ކުރީގެ ކުލަބު އިނގިރޭސި ވިލާތުގެ ޗެލްސީގެ ކޯޗެއްގެ ގޮތުގަ އެވެ.