23 May 2013, 10:44
މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި ކުލަބް ވެލެންސިއާ އަށް ގެނާ ބަލްގޭރިއާގެ ތިން ކުޅުންތެރިން ވެސް ފޮނުވާ ނުލާން ނިންމާފި ކަމަށް އެކުލަބުން ބުނެފި އެވެ.
ސަންއާ ވާހަކަ ދައްކަމުން ވެލެންސިއާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ބަލްގޭރިއާގެ ތިން ކުޅުންތެރިން ވެސް ފޮނުވާލުމުގެ ވިސްނުމެއް ކުރިން ކުލަބުން ގެންގުޅުނު ކަމަށާއި އެހެން ނަމަވެސް މިހާރު ކުލަބުގެ ވިސްނުން ހުރީ އެކުޅުންތެރިން ފޮނުވާ ނުލާން ކަމަށެވެ.
ވެލެންސިއާ އަށް ކުޅެމުން އަންނަ ބަލްގޭރިއާގެ ތިން ކުޅުންތެރިން ނަކީ ފޯވާޑާކާއި މިޑްފީލްޑަރެއް އަދި ޑިފެންޑަރެކެވެ.
"މިހާރު އެކުޅުންތެރިން ފޮނުވާލުމުގެ ވިސްނުމެއް ނެތް. އެކަމަކު ކުރިން ވިސްނާފައި އޮތީ އެކުޅުންތެރިން ވެސް ފޮނުވާލަން،" އޮފިޝަލް ވިދާޅުވި އެވެ.
ވެލެންސިއާ އަށް ފައިސާގެ ދަތިތަކެއް ކުރިމަތި ވެފައިވާ މިދުވަސް ކޮޅުގައި އެ ޓީމާ ބެހޭ ގޮތުން ރާއްޖޭގެ މީޑިއާތަކުން އަންނަނީ ތަފާތު ހަބަރުތައް ގެނެސް ދެމުން ނެވެ.
އެގޮތުން ވެލެންސިޔާ އިން ވަނީ މިހަފްތާ ތެރޭގައި އެ ޓީމަށް ކޯޗް ކޮށްދިން ބަލްގޭރިއާގެ ބޮއިކޯ ކަމެނޯފް ވެސް ކޯޗް ކަމުން ވަކިކޮށްފަ އެވެ. އޭނާ މަގާމުން ވަކި ކުރީ ވެސް މާލީ ދަތިތަކެއް ވެލެންސިޔާގައި އުޅޭކަމަށް ބުނެ އެވެ. އަދި މީގެ އިތުރުން އެޓީމުގެ މިޑްފީލްޑަރު ސަންވީލް ގާސިމް (ބޮންޑާ) އަށް މުސާރާ ނުދޭ ކަމަށް ބުނެ އޭވަ ވެސް ވަނީ ކުލަބް ދޫކޮށް ބޮންޑާގެ އަމިއްލަ ރަށަށް ގޮސްފަ އެވެ.
މީގެއިތުރުން ރޭ ވަނީ ވެލެންސިއާގެ ކޯޗަކަށް ނިއުގެ ކުރީގެ ކޯޗް މުހައްމަދު ޝިއާޒް (މޯހަން) ހަމަޖައްސާފައެވެ.