22 May 2013, 12:28
ފީބާ އޭޝިއާ ތްރީ އޮން ތްރީ 18 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރި ފުރަތަމަ މެޗުން ރާއްޖޭގެ ފިރިހެން ބާސް ކެޓްބޯޅަ ޓީމް ބަލިވެއްޖެ އެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިއަދު ފެށި މުބާރާތުގައި ތައިލެންޑުގެ ޓީމާ ވާދަކޮށް މިއަދު ރާއްޖެ ބަލިވީ 19 ޕޮއިންޓު ހަތް ޕޮއިންޓުންނެވެ.
މި މުބާރާތުގައި މިއަދު ރާއްޖޭގެ ތްރީ އޮން ތްރީ އަންހެން ބާސްކެޓްބޯޅަ ޓީމް ވާދަ ކުރާނީ ޗައިނާއާ އެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މެންދުރު ފަހު 1:30ގަ އެވެ.
މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ހިމެނޭ ގްރޫޕް ޑީ ގައި ރާއްޖެ އާއި ޗައިނާގެ އިތުރުން ހިމެނެނީ، އިންޑޮނޭޝިޔާ އަދި މަކާއޯ އެވެ. ފިރިހެން ޓީމު ހިމެނޭ ގްރޫޕް އޭ ގައި ރާއްޖެއާއި ތައިލެންޑުގެ އިތުރުން ހިމެނެނީ ޗައިނާ އަދި އިންޑިޔާ އެވެ.