ތިރީސް ތިން ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަންގައި ރޭ ގްރޫޕް ދޭއްގެ ފަހު މެޗުގައި ޔޫތު ސްޕޯޓްސް އާއި ދަ ބައުސް ބައްދަލުކުރި މެޗް 71 ޕޮއިންޓު 57 ޕޮއިންޓުން މެޗް ކާމިޔާބުކޮށްގެން ސެމީގެ ފަހު ޖާގަ ދަ ބައުސް އިން ކަށަވަރު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ރޭ ކުޅުނު މެޗުގައި ޔޫތް ސްޕޯޓްސް ކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދަދިނީ އަހުމަދު އަޒުމީލްއެވެ. އޭނާ ވަނީ ރޭގެ މެޗުގައި ބަޔަށް 19 ޕޮއިޓު ކާމިޔާބު ކޮށްދީފައެވެ. އަދި ދަ ބައުސް އަށް ރޭގެ މެޗުގައި އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ 18 ޕޮއިންޓު އެއްކޮށްދިން ހަސަން ފާރިޝް އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާ މާގާމުވެސް ހޯދީ ފާރިޝް އެވެ.


ސެމީގައި ދަ ބައުސް ވާދަކުރަން ޖެހޭނީ މުބާރާތުގެ ސެމީގެ ފުރަތަމަ ޖާގަ ހޯދި ޕޮލިސް ކުލަބާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ 9:00ގަ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އީގަލްސް ނުކުންނާނީ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި ޑީ ބާސްކެޓް ކުލަބާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ މިރޭ 9:00ގަ އެވެ.

މުބާރަތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:00ގަ އެވެ.