ލައްކައަކަށްވުރެ ގިނަ ޑޮލަރުގެ ޗެކުތަކެއް ބައުންސްވެފައިވާ މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް އަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައި ވަނީ ގ. ޒަމާނީއާކުލަ އިސްމާޢީލް ސާމިހު އަހުމަދު 32، ގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. އަދި ސާމިހު އެކި ފަހަރުމަތިން ދޫކުރި ބޭންކް އޮފް މޯލްޑިވްސްގެ ޗެކްކުތަކެއް ބައުންވެފައިވާ މައްސަލަަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ޑިސެންބަރު 10ގައި ކަަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރިއިރު ސާމިހު މީހަކަށް ދޫކޮށްފައިވާ 3،300 ޑޮލަރުގެ ޗެކަކާއި 10،000 ޑޮލަރުގެ ޗެކަކާއި 25،000 ޑޮލަރުގެ ތިން ޗެކާއި 88،300 ޑޮލަރުގެ ފަސް ޗެކު ބައުންސްވެފައިވާ ކަމަށެވެ.