21 May 2013, 11:45
ބާޒާރުމަތީ ސަރަހައްދު ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏަކުން ފައިސާތަކަކާއި ފޯންތަކެއް ރޭ ދަންވަރުގެ ވަގުތެއްގައި ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކަރާމާރު ކޭޓު ސަރަހައްދާ ދިމާ ބޭރު އޮތް ދޯންޏަކުން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު ރޭ ގާތްގަނޑަކަށް 2:30 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ދޯނިން ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ތަކެތީގެ ތެރޭގައި ދެ މޯބައިލް ފޯނާއި 7000ރ ވަގަށް ނަގާފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަަލައާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެމައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.