18 Mar 2010, 12:11
10:00
މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ބެލެވޭ ޕެޓްރޯލް ބޮންތަކަކާއި ތޫނު ހަތިޔާރުތަކެއް ލ. ގަމު ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 03:15 ހާއިރު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެތަކެތި ފެނިފައިވަނީ ގަމު މުކުރިމަގު އަވަށު އެކުވެނި ސަރަހައްދުގެ އެކިދިމަދިމާލުން ކަމަށެވެ. އެސަރަހައްދުން ފެނުނު ތަކެތީގެ ތެރޭގައި ޕެޓްރޯލް ބޮންތަކުގެ އިތުރުން ހަތިޔާރުގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ވަޅިއާއި، ދަގަނޑުބުރިއާއި، ލަކުޑި ފަތި ފަދަތަކެތި ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.