20 May 2013, 22:03
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ގަވާއިދު މިއަދު ގެޒެޓްކޮށްފި އެވެ.
މިއަދު ގެޒެޓްކުރި އެ ގަވާއިދުގައި ރިޔާސީ އިންތިޚާބަށްޓަކައި މަސައްކަތްތައް ކުރަންޖެހޭ އުސޫލުތައް ވަނީ ކަނޑައަޅާފަ އެވެ. އަދި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން އަލުކުރަންޖެހޭނެ ގޮތްތައް ވެސް އެ ގަވާއިދުގައި ހިމަނާފައިވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް ކޯލިޝަން ހެދުމުގެ މަސައްކަތް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެކަންޏެވެ. އެގޮތުން ޑީއާރްޕީއާއި އަދާލަތު ޕާޓީގެ އިތުރުން ގައުމީ ޕާޓީން ވަނީ އެމަނިކުފާނާއި އެކު ކޯލިޝަން ހަދާފައެވެ.