މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގައި އިއްޔެ ވަން އެންޑް އޮންލީ ރީތިރަށް އަތުން ބަނޑޮސް އައިލެންޑް ރިސޯޓް މޮޅުވެއްޖެ އެވެ.

ރީތި ރަށުގައި އިއްޔެ ކުޅުނު މެޗް ބަޑޮސް އައިލެންޑް ރިސޯޓުން ކާމިޔާބު ކުރީ ތިން ސެޓް ދެ ސެޓުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެމެޗުގެ ފުރަތަމަ ދެ ސެޓު ގެންދިޔައީ ބަނޑޮހުންނެވެ. ބަނޑޮހުން މެޗުގެ ފުރަތަމަ ދެ ސެޓު ގެންދިޔައީ 25-23ން ނެވެ. އެކަމަކު ތިން ވަނަ ސެޓު 22-25ން ރީތިރަށް ގެންދިޔައިރު، ހަތަރު ވަނަ ސެޓު އެ ޓީމުން ހޯދީ 23-25ން ނެވެ. އެހެން ނަމަވެސް މެޗުގެ ފަހު ސެޓް ބަނޑޮސް ރިސޯޓުން ކާމިޔާބު ކުރީ 15-11ން ނެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބަނޑޮހުގެ އިސްމާއިލް ސާޖިދެވެ.

މިމުބާރާތުގެ ޒޯން އެކެއްގައި ޖުމްލަ ހަތް ޓީމް ވާދަކުރެވެ. އެއީ ރީތި ރަށާއި ބަނޑޮސް ރިސޯޓާއި ކްލަބް މެޑް ކަނިފިނޮޅާއި ކޮކޯ ޕާމް ބޮޑު ހިތި ރިސޯޓާއި މީރު އައިލެންޑް ރިސޯޓާއި ކުރުނބާ މޯލްޑިވްސް އަދި ފޯ ސީޒަންސް ކުޑަހުރާ އެވެ.