20 May 2013, 01:17
މާލޭ ގެއެއްގެ ތެރޭގައި މެދު އުމުރުގެ ދިވެއްސަކު މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މއ. ސްނޯ ސްކައި ގޭ ކޮޓަރިއެއްގެ ތެރޭގައި 53 އަހަރުގެ ފިރިހެނެއް މަރުވެފައި އޮއްވާ މިރޭ ފެނިފައިވާ ކަމަށާއި އޭނާއަކީ ދިވެއްސެއް ކަމަށެވެ. އަދި ބުނީ އޭނާ މަރުވެފައި ވަނީ އިއްޔެގެ ވަގުތެެއްގައި ކަމަަށް ބެލެވޭ ކަމަށެވެ.
ސަންގެ ނޫސްވެރިން އޭނާ މަރުވެފައިވާ ގެއަށް ދިޔައިރު، އޭނާ މަރުވެފައި އޮތް ކުޑަކުޑަ ކޮޓަރީގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަން ގެންގުޅޭ އާލާތްތައް ހުއްޓެވެ. ނަމަވެސް އެ މީހާ މަރުވެފައި މަސްތުވާތަކެތި ބޭނުންކޮށްގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ދަނީ އޭނާ މަރުވެފައިވާގެ ސްނޯ ސްކައިގޭގައި ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.