އައްޑޫ ސީޓީ ހިތަދޫ ގެއަކުން ބައި ލައްކައަށްވުރެ ގިނަ ރުފިޔާ އާއި މަސްތުވާތަކެއްޗާއި އެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހިތަދޫގެ ތިން ގެއެއް ރޭ ބަލާފާސްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން މަސްތުވާތަކެއްޗާއި ފައިސާ އާއި ބައެއް އިލެކްޓްރޯނިކް ސާމާނު ފެނިފައި ވަނީ އެ ރަށު ރެޑްރޯސް ގެއިން ކަމަށެވެ.

ހިތަދޫ ރެޑްރޯސްފެ ބަލާ ފާސްކުރި ކުރުމުގެ ތެރޭ 40،000ރ. އާއި 1000 ޑޮލަރުގެ އިތުރުން 20،000ރ. ގެ ޗެކަކާއި ޗެކްފޮތެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެގޭގެ ތެރެއިން މަސްތުވާތަކެތީގެ 87 ޕީސްކޮޅާއި މަސްތުވާތަކެތި އަޅާފައި ހުރި ރަބަރު ފަސް ޕެކެޓް ފެނިފައިވާއިރު، އެގޭގެ ތެރެއިން ހަންޖަރެއް ވެސް ފެނިފައިވާ ކަމަށެވެ. އެތަކެތީގެ އިތުރުން ދެ ފޯނަކާއި ބައެއް އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ވަނީ އެގޭގެ ތެރެއިން ފުލުހުން ހޯދާފަ އެވެ.

އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް ހައްޔަރު ކުރިމީހުންނާއި ބެހޭ ވަނަވަރެއް އަދި ނުލިބެ އެވެ.

އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރެއިން ގިނަ އަދަދެއްފެ ފައިސާއާ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކުރި އިރު، މިދިޔަ ހުކުރު ދުވަހުގެރޭ ވަނީ ހިތަދޫ ގެއެއްގެ ތެރޭ ޖުވާކުޅެން ތިބި ނުވަ ބިދޭސީއަކު ވެސް ހައްޔަރުކޮށްފަ އެވެ.