19 May 2013, 15:03
ހދ. ކުމުންދޫ ސްކޫލްގައި ކިޔަވައިދެމުންދިޔަ އިންޑިއާ ޓީޗަރަކު ދަރިވަރެއްގެ ގައިގައި ޖެހިކަމަށް ބުނެ ބެލެނިވެރިތަކެއް ނުކުމެ އެ ޓީޗަރަށް ހަމަލަދިން ކަމުގެ ތުހުމަތުގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.
ކުމުންދޫ ސްކޫލްގައި ފިޒިކްސް ކިޔަވައިދޭ ޓީޗަރަށް ހަމަލަދިން ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ތިން މީހަކު ހައްޔަރުކޮށްފައި މި މަހުގެ 14 ވަނަ ދުވަހު އެވެ. އެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
ފުލުހުން ބުނީ ޓީޗަރަށް ހަމަލަދިން މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެމީހުންގެ ތެރޭ ހިމެނެނީ ޢުމުރުން 22 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއްގެ އިތުރުން 35 އަހަރުގެ އަންހެނެއް ކަމަށެވެ.
އަދި ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރީ ހުކުރު ދުވަހު ކަމަށާއި އަނެއް ހަތަރު މީހުން ހައްޔަރު ކުރީ އިއްޔެ ކަމަށެވެ.
ކުމުންދޫފައި ބެލެނިވެރިން ތަކެއް ނުކުމު ޓީޗަރަށް ހަމަލަދިން މައްސަލަ ޕޭރެންޓް އެސޯސިއޭޝަނުންނާއި ޓީޗާސް އެސޯސިއޭޝަނުން ވަނީ ކުށްވެރިކޮށްފަ އެވެ.