26 Oct 2010, 11:33
ސައުދީ އަރަބިއްޔާގެ ކެންސަރު ބަލީ ހާއްސަ ޑޮކްޓަރުންގެ ޓީމެއް، ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުން ބަލައި ފަރުވާދިނުމަށް އަންނަ މަހު ރާއްޖެ އަށް ޒިޔާރަތް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ ސައުދީ އަރަބިއްޔާގެ ކެންސަރަ ފައުންޑޭޝަންގެ ހަތް ޑޮކްޓަރުން ރާއްޖެ އަންނާނީ އަންނަ މަހުގެ 1 ން 5 އަށް ކަމަށާއި އަދި އެ ޑޮކްޓަރުން ނޮވެންބަރު މަހުގެ ފުރަތަމަ ދެ ދުވަހު ބަލި މީހުން ބައްލަވާނެ ކަމަށެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ބަލި މީހުންގެ ތެރެއިން ނަން ނޯޓް ކުރާ ފަރާތްތައް ސައުދީ އަރަބިއްޔާގެ ޑޮކްޓަރުންގެ ޓީމަށް ދެއްކުމުގެ ކުރިން ސްރީންކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ސްކްރީން ކުރުމުގެ ކަންތައްތައް ކުރިއަށް ދާނީ މި މަހުގެ 30 ން 31 އަށް ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.