19 May 2013, 09:37
ދުނިޔޭގެ އެތުލެޓިކްސް ދުވަސް ފާހަގަކުރުމުގެ ގޮތުން އެތުލެޓިކްސް އެސޯސިއޭޝަނާއި ހދ. ކުޅުއްފުށީ ސްކޫލްތަކާ ގުޅިގެން އެތުލެޓިކްސް ހަރަކާތްތަކެއް ކުޅުދުއްފުށީގައި އިއްޔެ ބާއްވައިފިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، ކުޅުދުއްފުށީގައި އިއްޔެ ކުރިއަށް ގެންދިޔައީ 15 އަހަރާއި 16 އަހަރުގެ ކުދިންގެ މެދުގައި ބޭއްވުނު އިންޑިވިޖުއަލް އިވެންޓްސް ތަކާއި، 12، 13 އަދި 14 އަހަރުގެ ކުދިންގެ މެދުގައި ބޭއްވުނު ޓީމް އިވެންޓްސް ތަކުގެ އިތުރުން ގަސްއިންދުމުގެ ޕްރޮގްރާމެއް ކަމަށެވެ.
އިއްޔެގެ އެ ހަރަކާތުގައި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި އެއަތޮޅު ތައުލީމީ މަރުކަޒު، އަދި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ދަރިވަރުން ބައިވެރިވިއެވެ.