ޖުމްހޫރީ ޕާޓީގެ ދެ ވަނަ "ގައުމީ ކޮންފަރެންސް" އަންނަ މަހުގެ 27 ން 29 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބުނި ގޮތުގައި އެ ޕާޓީގެ ގައުމީ ޖަލްސާގައި އަސާސީ ގަވާދަށް ގެންނަން ބޭނުންވާ އިސްލާހްތައް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ނިޔަލަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި ގޮފިތައް ރަޖިސްޓްރީ ކުރުން ވެސް ވަނީ ހުޅުވާލާފަ އެވެ.

އޭގެ އިތުރުން އެ ޕާޓީގެ ގައުމީ ޖަލްސާގައި އިންތިހާބުކުރާ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާގައި ޕާޓީގެ ލީޑަރު އިންތިހާބުކުރާނެ އެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނީ އެ ޕާޓީގެ ލީޑަރެވެ.