26 Oct 2010, 08:50
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.
ކޮމިޝަނުން ބުނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމު ކުރުމާއެކު ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.
"ހުރިހާ ރަށު އޮފީހަކާއ ކޮމިޝަނާއި އަތޮޅު އޮފީހުން ޝަކުވާ ހުށަހަޅާ ފޯމު ލިބޭނެ. އަދި ކޮމިޝަންގެ ވެބްސައިޓްން ޑައުންލޯޑް ކުރެވޭނެ،" ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ކޮމިޝަނުން މިއަދު ބުނީ މިއަދު އާންމު ކުރި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަކީ އިސްލާހު ކުރަމުންދާ ލިސްޓެއް ކަމަށާއި އިސްލާހުވަމުންދާ ވަރަކަށް ލިސްޓް އަޕްޑޭޓް ވާނެ ކަމަށެވެ.
އަދި ބުނީ ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސްޓް އަންނަ މަހުގެ ތެރޭގައި ގެޒެޓް ކުރާނެ ކަމަށެވެ.
ލޯކަލް އިންތިހާބުގެ ވޯޓު ނެގުން އޮތީ ފެބުރުއަރީ ފަސް ވަނަ ދުވަހު އެވެ.